ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ މުއިއްޒުގެ ފަރާތުން ޓްރަމްޕަށް: ގުޅުން ބަދަހިކުރުމަށް އިސްކަންދޭނެކަމުގެ ޔަގީންކަން

އަލީ އާސިމް
trump_muizzu

އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި އަދި އެމެރިކާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. މި މުނާސަބަތާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މި ހާއްސަ އަހަރު، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވި އެވެ.

މިދިޔަ ހަ ދަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ހަރުދަނާވީ، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރުމާއި، ސުލްހައާއި ތަނަވަސްކަން ކުރިއެރުވުމަށް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ސަލާމަތީ އަދި ދިފާއީ ދާއިރާއިންނާއި، ވިޔަފާރިއާއި އިގުތިސާދީ ތަރައްގީގެ އިތުރުން ތައުލީމީ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގެ އިސް އޮފިޝަލުންނާއި އެމެރިކާގެ ނޭވީގެ އިސް ވެރިން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ހެއްކެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެމެރިކާގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ދިފާއީ އަދި އިގުތިސާދީ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މި ބައްދަލުވުންތަކުން ބާރު ލިބޭނެ ކަމަށް ބެލެވެ އެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...