ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ކުރީ ސަރުކާރުން ދާރުލްއާސާރު މަރާމާތު ނުކުރާ ކަމަށް ހީނާ ވިދާޅުވުމުން އެއަށް ނާޒިމް ރައްދު ދެއްވައިފި

ޝަފްރާޒް ނައީމް
heena_waleed

ގައުމީ ދާރުލްއާސާރު މަރާމާތުކޮށްފައި ނުވާކަމަށް ވިދާޅުވެ މިނިސްޓަރު ހީނާ ވަލީދު ދެއްކެވި ވާހަކަތައް، ކުރީގެ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު ނާޒިމް (ބައުންޓީ) ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވައިފައެވެ. ނާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެތަނަކީ ވާރޭ ވެހޭ ފަދަ ހާލަތެއްގައި އޮތް ތަނެއް ކަމަށާއި، ނިމިދިޔަ ސަރުކާރުން އެތަން ބަންދުކޮށް ބޮޑެތި މަރާމާތުތަކެއް ކޮށްފައިވާނެ ކަމަށެވެ. މިނިސްޓަރުގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ސިޔާސީ މަގުސަދެއްގައި ދައްކަވާފައިވާ ވާހަކަތަކެއްކަން އޭނާގެ ވާހަކައިން ސިފަވެގެންދެއެވެ.

އާސާރީ ތަރިކަތައް ހިމާޔަތްކުރުމުގައި ކުރީ ސަރުކާރުން އިހުމާލުވި ކަމަށް މިނިސްޓަރު ހީނާ ތުހުމަތު ކުރެއްވި ނަމަވެސް، އެކަން ވެސް ނާޒިމް ވަނީ ދޮގުކުރައްވައިފައެވެ. ހާއްސަކޮށް، އުސްގެކޮޅު ފަދަ ތަންތަން އާސާރީ ބިނާއެއްގެ ގޮތުގައި ހިމާޔަތްކޮށް، އެތަން ސަލާމަތްކުރުމަށް ކުރީ ސަރުކާރުން ކުރި މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ވެރިކަމަށް އައިސް، ކުރީ ސަރުކާރުގެ ކާމިޔާބީތައް އޮޅުވާލައި، ޗައިނާ ސަރުކާރުގެ އެހީގައި މަސައްކަތްތަކެއް ފަށަން އުޅޭ ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން ފެންނަން ހުރި ކުރިއެރުމެއް ނެތްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ 1500 އަހަރުވީ ތާރީހީ ތަކެތި ރައްކާކޮށްފައިވާ ދާރުލްއާސާރުގެ ހާލަތާ ގުޅިގެން މިނިސްޓަރު ހީނާ ދެއްކެވި ވާހަކަތަކަކީ މި ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރުމަށް ކުރައްވާ މަސައްކަތެއް ކަމަށް ބެލެވެއެވެ. 7،000 އަށްވުރެ ގިނަ އާސާރީ ތަކެތި ހުރި މިތަން މަރާމާތުކުރުމަށް މިނިސްޓަރު ވާހަކަ ދައްކަވާއިރު، ކުރީ ސަރުކާރުން އެތަނަށް ގެނައި ހެޔޮ ބަދަލުތައް ހަނދާން ނައްތާލުމަކީ ސިޔާސީ ގޮތުން ދައްކަން އުޅޭ ބަހަނާއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...