ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ވޯލްޑް ކަޕްގެ ފޯރީގައި 8،000 ދަރިވަރުން ސްކޫލަށް ނުދާ މައްސަލަ: ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބެލެވޭ

ޝަފްރާޒް ނައީމް
Ismail shafeeu education minisyter

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި، ގާތްގަނޑަކަށް 8،000 ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލައަކީ ގައުމީ ފެންވަރުގެ ކަންބޮޑުވުމެއް ކަމަށާއި، މިއީ ސަރުކާރުން ހައްލު ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ދަރިވަރުންގެ ތެރެއިން 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ޖޫން 21 އިން ފެށިގެން މިނިސްޓްރީން ދަނީ ސްކޫލަށް ހާޒިރުވާ އަދި ނުވާ ކުދިންގެ މައުލޫމާތު ދުވަހުން ދުވަހަށް ބަލަހައްޓަމުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ނުދާ ކޮންމެ ދުވަހަކީ އެ ކުދިންގެ އުނގެނުމަށް ކުރާ ނޭދެވޭ އަސަރެއް ކަމަށެވެ. އަދި ތަކުރާރުކޮށް މިކަން ހިނގުމުން ދަރިވަރުން ސްކޫލަށް ދިޔުމަށް ފޫހިވެ، އެއީ ހައްލުކުރަން އުނދަގޫ ހާލަތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ހުރިހާ ފަރާތްތަކަކަށް ވެސް ޝައުގުވެރި ކަމަކަށް ވިޔަސް، ސްކޫލުގެ ކިޔެވުމަށް ބުރޫއަރާނެ ގޮތަށް ކަންކަން އިންތިޒާމު ނުކުރުމަށް ބެލެނިވެރިންނަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މި މައްސަލައަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދައްކުވައިދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ވޯލްޑް ކަޕް ބާއްވާ ގައުމުތަކުގެ ގަޑިތަކާ ހުރެ މެޗުތައް ދަންވަރާއި ފަތިސް ގަޑިތަކުގައި ކުރިއަށްދާތީ، ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މިކަން ކޮންޓްރޯލް ކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ފާޑުކިޔުންތައް ވެސް ދަނީ އަމާޒުވަމުންނެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...