އައްސޭރި ޖަލު ތަރައްޤީކުރުމުގެ މަޝްރޫއުތައް ސަރުކާރުން ފަށައިފި: އާ ބަދިގެއެއްގެ ބިންގާ އަޅައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ޚިދުމަތްތައް ހަރުދަނާކޮށް، އެތަނުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، އާ ބަދިގެއެއް އިމާރާތްކުރުމަށް ބިންގާ އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބަދިގޭގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރުއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންނާއި އިމިގްރޭޝަންގެ އިސްވެރިންގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަކީ ޖަލުތަކުގެ އިންތިޒާމުތައް ޒަމާނީ ފެންވަރަކަށް ގެނައުމަށް މި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެކެވެ.
މީގެ އިތުރުން، އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ވެސް މިނިސްޓަރު އިހުސާން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ކަރެކްޝަންސް އިން މައުލޫމާތު ދޭ ގޮތުގައި، މި އޮފީހަކީ ޕްރިޒަން އޮފިސަރުންނާއި ޤައިދީންގެ މަސައްކަތުން، އެ ފަރާތްތަކުގެ އުފެއްދުންތެރިކަމާއި ހުނަރު ބޭނުންކޮށްގެން ބިނާކޮށްފައިވާ އިމާރާތެކެވެ.
ޚިޔާލު
ޚިޔާލުތައް
ލޯޑުވަނީ...