ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުން: އަންހެނުން ބިނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ހާމަވެއްޖެ

ޝަފްރާޒް ނައީމް
girguide

ދިވެހިރާއްޖޭގައި ގަރލް ގައިޑްގެ ޚިދުމަތަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ސަރުކާރުން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށައިފިއެވެ. މި މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވިއިރު، މިއީ އަންހެނުން ބާރުވެރިކޮށް ޤައުމީ ޚިދުމަތަށް ނެރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ތެރެއިން ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ ފެންވަރުގެ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރި 14 ގައިޑަރަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުން ކަމަށާއި، މި މަސައްކަތުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ގަރލް ގައިޑް ހަރަކާތްތައް ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް ފުޅާވެ، 14،000 އަށްވުރެ ގިނަ މެންބަރުން ޚިދުމަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށުމަކީ ގަރލް ގައިޑް ހަރަކާތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވަމުން، ފަސްޓް ލޭޑީ ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވާފައެވެ. ސަރުކާރުން މިފަދަ އިޖްތިމާޢީ ހަރަކާތްތަކަށް ދޭ މިފަދަ ޚާއްޞަ ސަމާލުކަމަކީ، ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސީ ވިސްނުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...