ކަށަވަރު - ހަމަ އެކަނި ސިޔާސީ ޚަބަރުތަކަށް

ގަތަރަށް ކަނޑައެޅުއްވި އާ ސަފީރު އާދަމް ޝަރީފް ފަތްކޮޅު އަރުވައިފި

ޝަފްރާޒް ނައީމް
adam_shareef

ގަތަރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު އާދަމް ޝަރީފް އުމަރު، އެ ޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ސުލްޠާން ބިން ސާދު އަލް މުރައިޚީއާ ބައްދަލުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ގަތަރު ސަރުކާރުން ވަނީ އާ ސަފީރަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ގަތަރު ސަރުކާރުން ވަނީ ވަރަށް ދީފައެވެ.

ޚިޔާލު

ޚިޔާލުތައް

ލޯޑުވަނީ...